އެކްޓާރ އަނުޕަމް ކޭރް ގެ މަންމަ ދުލާރީ އާއި ބޭބެ ރާޖޫ ކޭރްގެ އިތުރުން އާއިލާ ގެ އިތުރު ދެ މެމްބަރަކަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އިންސްޓަ ގްރާމްގައި އެވާހަކަ ޝެއާރ ކުރަމުން އަނޫޕަމް ބުނެފައިވަނީ އޭނާވެސް ކޮވިޑް-19 އަށް ޓެސްޓް ކުރިކަމަށާއި ނަމަވެސް ނަތީޖާ ނެގެޓިވް ކަމަށެވެ.
އޭނާގެ މަންމަ އަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަނޫޕަމް ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތަށް ވެސް ވަރަށް ތައުރީފް ކޮށްފައިއެވެ. އިއްޔެ ވަނީ އަމީތަބް ބަޗަން އަދި އަބީޝެކް ބަޗަން އަށް ވެސް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފަށާފައިއެވެ.