ކުޑަފަރިން މާލެ ގެނައި މީހަކު ޕޮޒިޓިވް ވެއްޖެ

ނ. ކުޑަފަރީން މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކުޑަފަރީ ކައުންސިލް އިދާރާގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުން މާލެ ފޮނުވި އުމުރުން 90 އަހަރުގެ މީހަކަށް ކޮވިޑް ޖެހިފައިވާ ކަން އަންގާފައިވަ ކަމަށެވެ.

މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 އަށްޕޮޒިޓިވްވީ ފާހާނައިން ނުކުންނަނިކޮށް ވެއްޓި އަނިޔާވެގެން، ނ. މަނަދޫ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެތަނުން ހެދި ސްކޭންތަކުން އޭނާގެ ފައި ބިނދިފައިވާ ކަމަށް ބުނުމުން މާލެ ގެނައި މީހެއް ކަމަށެވެ.

މި މީހާ މާލެ ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މާލެ ގެނައުުމަށް ފަހު އެންމެ ފުރަތަމަ ހެދި ޓެސްޓު ޕޮޒިޓިވް ވުމުން މިހާރު ދެވަނަ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވެ އެވެ.

މީގެ ކުރިން ވެސް މި ގޮތަށް މާލެ ގެނެސް ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވި ބައެއް މީހުން ދެވަނަ ޓެސްޓު ނެގަޓިވް ވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!