އަލީ ވަހީދުގެ އިލޮކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިލޮކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ފުލުހުން ބަލާފާސްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. 

އެ ކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އަލީ ވަހީދުގެ އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. 

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ މިމަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު މަގާމުން އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ވިދާޅުވި ގޮތުގައި އަލީ ވަހީދު މަގާމުން ވަކި ކުރެއްވީ އަހުލާގީ މައްސަލައަކާއި ގުޅިގެންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!