ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ

ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެރަށު ކައުންސިލުގެ ރައީސް އަލީ ޖާވިދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ މަދީނާގައި ކިޔަވަން އުޅުމަށް ފަހު، ރަށަށް ދިޔަ ފިރިހެނެކެވެ. 

ރޭ ފަތިހު އެ މީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުމާއެެކު މިހާރު ދެވަނަ ސާމްޕަލެއް ނަގާފައިވާ ކަމަށް ވެސް ޖާވިދު ވިދާޅުވެ އެވެ. އަދި އޭގެ ނަތީޖާ ލިބޭނީ މިރޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!