ފުލުހުން ފުރޮޅެއްގެ ވެރިފަރާތް ހޯދަނީ

ހޮވައިގެން ގެނެސްފައިވާ ފުރޮޅެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ފުރޮޅަކީ މި މަހުގެ 08 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ބޮޑުތަކުރުފާނު މަގު އޭޑީކޭ ޖެނެރަލް ސްޓޯރު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފުރޮޅެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ވީމާ މި ފުރޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އިންސިޑެންޓް ނަންބަރު 459876 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފުރޮޅާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!