ސާބިއާ އިން 1990 ގެ އަހަރުތަކުގައި ބޮސްނިއާގައި ހިންގާފައިވާ ބޮޑު ގަތުލް އާއްމު ހުއްޓުވުމަށް ދުނިޔެ ނުކުޅެދިފައިވާއިރު، މަރާލި 8،000 މުސްލިމުން ހައްގުގައި އެފަދަ ޖަރީމާއެއް ތަކުރާރުވިއަ ނުދިނުމަށް ގޮވާލައްވައިފި އެވެ.
މިކަމަށް ގޮވާލާފައި ވަނީ ބޮސްނިޔާގެ މުސްލިމުންނަށް އަނިޔާކޮށް ޝަހީދުކޮށްލިތާ 25 އަހަރު ފުރުމުގެ ގޮތުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނެރެފައިވާ ބަޔާނެއްގައިއެވެ.
ބޮސްނިއާގައި 1992-1995 އަށް ކުރި ހަނގުރާމައިގައި ސާބިއާ ސިފައިން ވަނީ ސްރެބެނިއްޒާގައި، 1995 ވަނަ އަހަރު ބޮސްނިއާގެ 8،000 މުސްލިމުން މަރައިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ.
ޤަތުލުޢާންމުގައި ޝަހީދުވި އެންމެންގެ ޒިކުރާ އާކުރަމުން އަދި އެ ޖަރީމާއިން ސަލާމަތްވި އެންމެހާ އަޚުންނާއި އުޚްތުންނަށް މަދަދުވެރި ވުމަށާއި އެއްބާރުލުން ދެއްވުމަށް ދިވެހި ސަރުކާރަށާއި ދުނިޔޭގެ އެހެން ސަރުކާރުތަކަށް އެމްއޭއެމް ގެ ބަޔާނުގައި ވަނީ ގޮވާލައްވާފައިއެވެ.
ބޮސްނިއާގައި ހިންގި މި ޤަތުލްއާމްއާއި ދެކޮޅަށް ދިވެހިރާއްޖެއިން ވަނީ އެކިފަހަރުމަތިން އަޑުއުފުލާފައެވެ. އެގޮތުން ބޮސްނިއާގެ މުސްލިމުންނަށް އެހީވުމަށް ފަންޑެއްވެސް ޤާއިމުކޮށްގެން ވަނީ އެހީ ފޯރުކޮށްދީފައެވެ.