ބޮލީވްޑްގެ އެކްޓަރު އަބީޝޭކް ބަޗަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އަބީޝޭކް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭނާގެ ބައްޕަ އަމީތާބު ބަޗަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އަބީޝޭކް ދެންމެ ކުރި ޓްވީޓެއްގައި ބުނީ އޭނާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިހާރު އޭނާ އޮތީ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި ކަމަށެވެ.
އަމީތާބު ކޮވިޑް-19 އަށްޕޮޒިޓިވްވެ އޭނާ އަށް ނޭވާލާން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަމީތާބަކީ އުމުރުން 77 އަހަރުގެ މީހަކަށް ވުމުން އޭނާ އަކީ ކޮވިޑް-19 ޖެހި ފުރާނައަށް ނުރައްކާ ވެދާނެ ކެޓަގަރީގައި ހިމެނޭ މީހެކެވެ.