އަމީތާބް ބަަޗަން ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި. ކޮވިޑް-19 އަށް ޕޮޒިޓިވް

ބޮލީވުޑްގެ މެގަ ސްޓާރ އަމީތަބް ބަޗަން ހާލުދެރަވެގެން ނަނަވަތި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

އިންޑިއަން އެކްސްޕްރެސް އިން ރިޕޯތްކޮށްފައިވާ ގޮތުގައި އަމީތަބް އެޑްމިޓް ކޮށްފައިވާކަން ވަނީ އެ ހޮސްޕިޓަލްގެ ސްޕޯކްސް ޕާސަން ކަށަވަރު ކޮށްދީފައިއެވެ. އިތުރަށް ބުނެފައިވަނީ އަމީތަބް އެޑްމިޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގައި ކަމަށެވެ.

އަމިތާބް މިއަދު ކޮށްފައިވާ ޓްވިޓެއްގައި އޭނާ ކޮވިޑްއަށް ޕިޒިޓިވް ވެއްޖެކަމަށް ވަނީ ބުނެފައިއެވެ. ހޮސްޕިޓަލް އިން މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކާ މި މައުލޫމާތު ހިއްސާކޮށްފައިއެވެ. މިގެއިތުރުން އައިލާ އާއި ސްޓާފުންވެސް ކޮވިޑްއަށް ޓެސްޓް ހަދާފައިވާކަށް ޓްވީޓް ގައި ވަނީ ބުނެފައިއެވެ.

މެގް ސްޓާ އަމިތާބް ބަޗަން އެންމެ ފަހުން ފެނިގެން ދިޔައީ ގުލާބޯ ސިތާބޯ ގެ ރިލީޒްގައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!