ކެޓްރީނާ ކައިފް އޭނާގެ އިންސްޓަގްރާމްގައި 40 މިލިއަން ފޮލޯވާސް ލިބުމުން އެކަން ފާހަގަ ކޮށްފިއެވެ. އުފަލުން ފޮޅިފައި ހުރި ކެޓްރީނާ ވަނީ އެކަން ފާހަގަކޮށް އިންސްޓަގްރާމުގައި ޕޯސްޓްއެއް ކޮށްފައިއެވެ.
އިސްޓަގްރާމްގައި އެންމެ މަގުބޫލުވި ކެތްރީނާގެ ޕޮޓޯތަކުގެ ކޮލާޖް ވީޑިއޯއެއް ހިއްސާ ކުރަމުން އޭނާ ވަނީ ހުރިހާ ފޭނުންނަށް އަދި ފޮލޯވާރސް އަސް 40 މިލިއަން ހަގްސް ފޮނުވާކަމަށް ބުނެ ޕޯސްޓް އެއް ކޮށްފައިއެވެ. ކެޓްރީނާ އަކީ މީސްމީޑިއާގައި ވަރަށް އެކްޓިވް ތަރިއެކެވެ. ލޮކްޑައުންގައި އޭނާ ވަނީ ގޭތެރޭގެ މަސައްކަތުގައި އުޅޭ ވީޑިއޯ އާއި ފޮޓޯވެސް މީސްމީޑިއާގައި ހިއްސާކޮށްފައިއެވެ.
ކެޓްރީނާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލް ކަމެއް ހޯދި ހުނަރުވެރި ތަރިއެކެވެ. ކެޓްރީނާ އެންމެ ފަހުން ފެނިގެންދިޔައީ ފިލްމް ބާރަތުއިންނެވެ. ކެޓްރީނާ ގެ ކުރިއަށް އޮތް އެންމެ އުންމީދީ ފިލްމް އަކީ ސޫރިޔަވަންޝީއެވެ.