ހަށިގަނޑަށް ފައިދާ ހުރި ކެއުންތަށް ތައްޔާރު ކުރުމަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާއްމު ކަމެކެވެ. ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ތަފާތު ޑައެޓުތަށް ޖެއްސުމަކީ ވަރަށް ބޮޑަށް އިސްކަންދެވޭ ކަމެކެވެ. މިއަދު މި ހިއްސާ ކޮއްލަނީ މަޝްހޫރު ކެއްކުންތެރިޔާ ނިވެދިތާ ގަންގޭގެ ފައިދާހުރި ކެއުމެކެވެ. އޯޓުސް ބޭނުންކޮއްގެން ހަދާ މި ކެއުމަކީ ވަރަށް ފަސޭހައިން ތައްޔާރުކޮއްލެވޭ ކައްކަންނުޖެހޭ ކެއުމެކެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު އޯޓްސް
1 ½ ޖޯޑު އަލްމަންޑު މިލްކު ނޫނީ ލޯފެޓު މިލްކު
1 ސައިސަމުސާ ޗިއާ ސީޑްސް
½ ޖޯޑު މޭވާ ( ކޮށާފައި )
2 މޭޒުމަތީ ސަމްސާ ޑްރައިޑު މޭވާ ( ސްޓްރޯބެރީ، ބުލޫބެރީ، ކްރޭންބެރީ )
2 ސައިސަމްސާ މާމުއި
ހަދާނެގޮތް:
އޯޓްސް ،ކިރު އަދި ޗިއާ ސީޑު ރަގަނޅަށް އެއްކޮށްލުމަށްފަހު މަތިޖަހާފައި ރޭގަނޑުގެ އެއްކޮށް ފުރިޖުގައި ބަހައްޓާށެވެ. ހެނދުނު ކެއުމުގެ ކުރިން މާމުއި އަޅާ ރީތިކޮށް ގިރާލާށެވެ. އަދި ބާކީހުރި މޭވާތަށް އަޅާލުމަށްފަހު ކާލާށެވެ.
މިކެއުން ތައްޔާރުކުރުމަށް މުޅިންވެސް ބޭނުންކޮއްފައި އެވަނީ ހަށިގަނޑަށް ފައިދާހުރި ތަކެއްޗެވެ. ކެއުމަކީ ހެނދުނު ކާލުމުން ހަށިގަނޑުގެ ވަރުބަލިކަން ފިލުވާލާނެ ވަރަށް ރަގަނޅު ކެއުމެކެވެ. ޑައެޓު ކުރާމީހުން އެމީހުންގެ ބަރުދަން ލުއިކޮށްލުމަށްޓަކައިވެސް އެހީތެރިވެދޭނެ މި ކެއުމަކީ އަގަނއަށްމީރު ހަދާލަން ފަސޭހަ ކެއުމެވެ.