ކަންގަނާގެ ވީޑިއޯއެއް ޝެއާކޮށް ޕޫޖާ ބަޓް ޒުވާބުކުރަނީ

ކަންގުނާ ރަނައުޓު 2006 ވަނަ އަހަރުގެ ފިލްމު ފެއާ އެވޯޑުގައި މުކޭޝް އަދި މަހޭޝްބަޓުއަށް ޝުކުރުއަދާކުރާ ވީޑިއޯ އެއް ޕޫޖާ ބަޓު އޭނާގެ ޓުވިޓަރގައި ހިއްސާ ކޮއްފިއެވެ. ވިޝޭޝް ފިލްމްސްގެ ގޭންގުސުޓާރއިން ބެސްޓު ޑެބިއު އެކްޓުރެސް އެވޯޑު ލިބިގެން ކަނގުނާ ދިން ސުޕީޗުގައި އެތަށް ތައުރީފެއް ޕޫޖާ ބަޓުގެ ބައްޕަ މަހޭޝް ބަޓަށް ކޮއްފައިވާ ކަން ހާމަކުރަމުން ޕޫޖާބަޓު ބުނެފައިވަނީ ކަންގުނާއަކީ ދެއަގައިން ވާހަކަ ދައްކާމީހެއްކަމަށެވެ.

އަދި މިއަދު ނެޕޮޓިޒަމްއޭ ބުނެ އެންމެބާރަށް ބަސްބުނާ ކަންގުނާވެސް މި ދާއިރާއަށް ނުކުމެފައިވަނީ މަހޭޝްބަޓުގެ އެހީތެރިކަމާއެކުކަން ޕޫޖާ ބަޓު ފާހަގަކުރިއެވެ. ޕޫޖާ ބުނެފައިވާ ގޮތުގައި މަހޭޝް ބަޓު އަދި އެމީހުންގެ އާއިލީ ސުޓޯޑިއޯއެއް ކަމަށްވާ ވިޝޭޝް އިން މިހާތަނަށްވެސް ވަރަށްގިނަ އިންޑަސްޓްރީއިން ބޭރުގެ އައުކުދިންނަށް ފުރުސަތު ދީފައިވާނެއެވެ.

މިވާހަކަތަކަށް ރައްދު ދެމުން ކަނގުނާގެ ޓީމުން ބުނެފައިވަނީ ހުނަރުވެރި ކުދިންނާ ދޭތެރޭގައި މުކޭޝް ގެންގުޅޭ އުސޫލު ރަގަނޅު ކަމަށާއި އެހެން ނަމަވެސް އެއީ ކަންގުނާއަށް ނުބައިމިސް ކުރުމަށް މަހޭޝްބަޓަށް ލިބޭ ލައިސެންސެއް ނޫންކަމަށެވެ.

އިތުރަށް ކަންގުނާގެ ޓީމުން ބުނެފައިވަނީ ސުޝާންތުގެ މަރު އަންނާނެ ގޮތާ ބެހޭގޮތުން މަހޭޝް ބުނެފައިވާ ބަސްތަކާއި ސުޝާންތު އާއި ރިއާގެ ގުޅުމަށް އެކި ގޮތްގޮތުން ނުރުހުންވާކަން އޭނާ ހާމަކޮއްފައިވަނީ ކީއްވެ ކަމާމެދު ސުވާލުކުރެވެން ޖެހޭކަމަށެވެ.

ކަންގުނާއާއި ޕޫޖާ ބަޓުގެ މެދުގައި ހިޔާލު ތަފާތުވެ ބަހުސް ކުރެވެމުންދާ ނިޕޮޓިޒަމްގެ މައްސަލައަކީ ސުޝާންތު ސިންގު ރާޖުޕުތުގެ ކުއްލި މަރާ ގުޅިގެން އުފެދުނު ހަމަނުޖެހުމެކެވެ. ސުޝާންތު މަރުވެފައިވަނީ 14 ޖޫން 2020 ވަނަ ދުވަހު އޭނާގެ އަމިއްލަ ގޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!