ޗިލްޑްރެންސް އޮމްބަޑްސްޕަރސަންގެ މަގާމަށް ނިއުމަތު އައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ. މާފުށި، ނިއުމަތު ޝަފީގު އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނިންމައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުުގެ ގާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް، ރައީސް ސޯލިހު ނިއުމަތު ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.

އޭނާގެ ނަން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ އާއްމުކޮށްފައެވެ.

ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ މަގާމަށް ނިއުމަތު އައްޔަންކުރަން ފެންނަކަމަށް ފާސްކޮށްފައިވަނީ ޖޫން މަހުގެ 24 ވަަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދިން ތިންބައިކުޅަ ދެބައިގެ އައުލަބިއްޔަތުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!