ރޭޕް ފަދަ ކުށް ތަކަށް އަރައިގަންނަ މީހުން ސަލާމަތެއް ނުވާނެ: ޕީޖީ

ރޭޕް ފަދަ ކުށް ތަކަށް އަރައިގަތުމަށްފަހު ސަލާމާތް ނުވާނެ ކަން އެނގެންވާނެ ކަމަށް ޕީޖީ ހުސެއިން ޝަމީމް ބުނެފިއެވެ.

11 އަހަރު ކުއްޖާ ރޭޕް ކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއާ ގުޅޭ ތަފްސީލުތައް ހާމަ ކުރަމުން ޕީޖީ އޮފީހުން ކުރި ޓްވީޓް ރީޓްވީޓް ކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މާ ގިނަ ވާހަކަ ނުދައްކާ އަދި ދައްކަމުން ވެސް މިކަން، އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ ގެސްޓްހައުސް އެއްގައި، 11 އަހަރުގެ ކުޑަ ކުއްޖަކު ގްރޫމް ކޮށްގެން ގެންގޮސް ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފައެވެ.

މައްސަލައިގައި ދައުވާ އުފުލާފައިވަނީ ހއ.ބާރަށް، ސިލްސިލާގޭ/ އަނީސް ހިލްމީ ގެ މައްޗަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!