ފުޓްބޯޅަ ކުޅުންތެރިޔާ ޖެކް ކާލްޓަން މަރުވެއްޖެ

1966 ވަނަ އަހަރު އިންގްލެންޑާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކުރީގެ މަޝްހޫރު ޑިފެންޑަރު ޖެކް ކާލްޓަން އުމުރުން 85 އަހަރުގައި މަރުވެއްޖެއެވެ.

ޖެކް ކާލްޓަން މަރުވިއިރު އޭނާ ވަނީ 2019 ވަނަ އަހަރު ކަރުގެ ކެންސަރު ބައްޔަށް ފަރުވާ ކޮށްފައެވެ.

އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ތަށި ކާމިޔާބުކުރިއިރު އެޓީމުގެ ފަހަތުގައި ކާލްޓަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކާލްޓަންގެ އާއިލާއިން އޭނާ މަރުވިކަން ޔަގީންކޮށްދީ ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ މަރުވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!