ހެޔޮ އަގެއްގައި ތަކެތި ވިއްކުމުގައި އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ “މިނީސޯގެ” ރާއްޖޭގެ އައުޓްލެޓް މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.
‘މިނީސޯ’ގެ ފިހާރެއް ރާއްޖޭގައި ހުޅުވަނީ ސޮނީ ސްޕޯޓްސްއިންނެވެ. ފިހާރަ ހުޅުވާލާނީ މާދާމާ މެންދުރު ފަހު 2:00 ޖަހާއިރު ކަމަށެވެ.
މިނީސޯ ފިހާރަ ހުންނާނީ ކަލާފާނު ސްކޫލްގެ މައި ގޭޓު ކުރިމަތީގައެވެ. މި ފިހާރައިން މިނިސޯގެ އެހެން ފިހާރަތަކުންވެސް ލިބެން ހުންނަ ތަކެތި ލިބެން ހުންނާނެކަމަށް ސޮނީ ސްޕޯޓްސްއިން މައުލޫމާތު ދެއެވެ.
ސްނީ ސްޕޯޓްސްއިން ދަނީ މިނީސޯ ފިހާރައިން ލިބެން ހުންނަ ތަކެތި އޮންލައިންކޮށްވެސް ވިއްކަމުންނެވެ.
މިނީސޯއިން މިހާރުވެސް ދަނީ ދުނިޔޭގެ 90އަށް ވުރެ ގިނަ ޤައުމެއްގައި ފިހާރަތައް ހިންގަމުންނެވެ.