އުދައިގެ އަސަރު ބޮޑުވެ ނޫމަރާގެ ބަނދަރުތެރޭގައި ހުރި އުޅަނދުތައް އެއްގަމަށް އަރުވައިފި

އުދައެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވުމަށް، ށ ނޫމަރާގެ ބަނދަރުތެރޭގައި ހުރި އުޅަނދުތައް އެއްގަމަށް އަރުވައިފިއެވެ.

ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބުދުﷲ ވިދާޅުވީ، އެރަށުގެ ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރަށް ގެއްލުންތައް ލިބެމުންދާތީ މިއަދު ދިޔަވަރު އެންމެ ބޮޑުވި ވަގުތު އުޅަނދުތައް ބަނދަރުގެ އެއްގަމުތޮށި ކައިރިން، ބަނދަރު މައްޗަށް ނަގާފައިވާ ކަމަށެވެ.

މިގޮތުން ބަނދަރުގައި އަޅާފައިވާ ލޯންޗުފަހަރާއި ދޯނިފަހަރު ހިމެނޭ ގޮތުން 5 އުޅަނދެއް އެއްގަމަށް ނަގާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނޫމަރާ ކައުންސިގެ ރައީސް ހަސަން އަބުދުﷲ ވިދާޅުވީ، އުޅަނދުތައް އެއްގަމަށް ނަގާފައި ވަނީ އެރަށުގެ ބަދަރުގެ މަސައްކަތްތައް ކުރާ ކުންފުނީގެ އެސްކަވޭޓަރތައް ބޭނުންކޮށްގެން ކަމަށެވެ.

މިއަދު ހެނދުނުވެސް ރާއްޖޭގެ ރަށްރަށްރަށަށް އުދައިގެ އަސަރުކޮށްފައި ވާއިރު، ށ ނޫމަރާއަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!