ތަޖޫބެގެ މުޅި އާއިލާކަލަގޮތަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާޒް (ތަޖޫބެ) ގެ އާއިލާގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ތަޖޫބެ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އޭނާގެ އެއްބަނޑު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ތަޖޫބެ އާންމުންގެ ކިބައިން އެދުނީ ހެޔޮ ދުއާކޮށް ދިނުމަށެވެ.

ތަޖޫބެގެ އާއިލާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ސީދާ ކިތައް މީހުން ކަމެއް އޭނާ ނުބުނެއެވެ.

ސިފައިންގެ ޑްރާމާތަކުން އެންމެ ފުރަތަމަ ވިދާލި ތަޖޫބެއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ އެއް ކޮމީޑިއަންއެވެ. މީގެކުރިން އޭނާ މުޅިން ވެސް ފެނިފައި ވަނީ ހެއްވާ އަދި މަޖާ ފިލްމުތަކުންނެވެ. އެކަމަކު، އޭނާ ދާދި ފަހުން ވަނީ “ރޭވުމުން” ނަމަކަށް ކިޔާ ފިލްމެއް ކުޅެފައެވެ. އެ ފިލްމުގައި އޭނާގެ ފަރާތުން ފެނުނީ ސީރިއަސް ރޯލެކެވެ. އޭނާ ކުޅުނު އެ ރޯލަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!