ސުޝާންތު އަމިއްލައަށް މަރުވި ކަމުގެ އިތުރު ހެއްކެއް!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވީ އަމިއްލައަށް ކަމުގެ އިތުރު ހެއްކެއް ލިބިއްޖެއެވެ.

ޓައިމްސް ނައުއިން ފުލުހުންނާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި ސުޝާންތު ވަނީ މަރުވުމުގެ ކުރިން އޭނާގެ ހުރިހާ މުވައްޒަފުންނަށް ޖެހިގެން އައި މަހުގެ މުސާރަ ދީފައެވެ. އަދި މުވައްޒަފަކު ވަނި ދެން މުސާރަ ދޭން ނުލިބޭނެ ކަމަށް ސުޝާންތް ބުނި ކަމަށް ބުނެފައިއެވެ. އެހެންކަމުން އޭނާ އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅުނު ކަން އެކަމުން ސާބިތުވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ނަމަވެސް ސުޝާންތުގެ މަރާ ގުޅުން ހުރި އިތުރު އެއްވެސް ކަމެއް ފެނޭތޯ ފުލުހުން އަދިވެސް ދަނީ ހޯދަމުންނެވެ.

އާއްމުކޮށް ސުޝާންތުގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހެއްގެ ވެސް އެއް ވަނަ ދުވަހެވެ. ސުޝާންތް ދަންޖެހިފައި ހުއްޓައި ފެނުނީ އޭނާގެ މުމްބާއި އެޕާޓްމެންޓުން ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!