ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފޮނުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިއަދު ވެސް ރާއްޖެއިން ފުރާފައިވާއިރު، ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑަށް ބޮޑުވެފައިވަނީ ވެސް ބިދޭސީންގެ މެދުގައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 2617 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 1630 މީހުންނަކީ ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!