x-default

މާލެއިން ހިންމަފުށްޓަށް ދިޔަ މީހެއް ޕޮޒިިވްވެއްޖެ

މާލެއިން ހިންމަފުއްޓަށް ދިޔަ މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން ވިދާޅުވީ ފައި ބިންދިގެން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރުމަށް ފަހު، އެނބުރި ރަށަށް ގެނެސް ހޯމް އައިސޮލޭޝަންއަށް ގެނެވުނު ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ކައުންސިލް އިދާރާއަށް ޔަގީންވެފައި ވާކަމަށެވެ. އެހެންނަމަވެސް އޭނާއާއި އެއް ކޮޓަރީގައި އުޅެމުންދިޔަ އޭނާގެ ދަރި ކޮވިޑަށް ނެގެޓިވް ވެފައިވާކަމަށް ވިދާވި އެވެ.

ޝާން އިތުރަށް ވިދާޅުވީ  އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 70 އަހަރުން މަތީގެ މީހެއް ކަމަށެވެ.  

މިއީ ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން މީހަކު ޕޮޒިޓިވްވި ތިންވަނަ ރަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!