ލ.މާވަށަށް ވަރަށް ބޮޑަށް މިއަދު އުދަ އަރައިފިއެވެ.
މާވަށަށް އުދަ އެރުމާ ގުޅިގެން އެ ރަށުގެ ބައެއް ސަރަހައްދުގެ މަގުތަކާއި އަދި ރަށުތެރޭ ބައެއް ގެތަކުގައި ބެލި ބަސްތާ ޖެހުމުގެ މަސައްކަތް މިއަދު ހެނދުނު 9:30 އިން ފެށިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް އިއްޔެ ވެސް އުދަ އަރާފައިވެއެވެ. އެގޮތުން މާވަށުގެ އިތުރުން އައްޑޫ ސިޓީ އަށް ވެސް އިއްޔެ އުދަ އަރާފައިވެއެވެ.