ފިލައިގެން އުޅޭ ބިދޭސީން ރިޕޯޓުކުރުން އޮންލައިންކޮށް!

ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ހުށަހަޅާ އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް 12 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ފޯމާއި އެހެނިހެން ލިޔެކިއުންތައް[email protected]އަށް އީމެއިލް ކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ފޯމް ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ، ބިދޭސީ މީހާ ގެއްލުނުކަން ރިޕޯޓް ކުރާ ދުވަހާއި ހަމައަށް ވީސާ ފީ ދައްކާފައިވުމާއި، ވަޒީފާދިން ފަރާތުގެ އިގްރާރުގެ އިތުރުން ބިދޭސީ މީހާ ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމާއި ބިދޭސީ މީހާ ސޮއިކޮށްފައިވާ މުސާރަ ސްލިޕް ހުށަހެޅަން ޖެހެއެވެ.

ވަޒީފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ބާރުއަޅާއިރު، ގަވާއިދާ ހިލާފަށް ނުވަތަ ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވާރކްޕާމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!