އަދީބުގެ ޝަރީޢަތް އަނެއްކާވެސް ތާވަލްކޮށްފި

މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މާދަމައަށް ވެސް ތާވަލް ކޮށްފިއެވެ.

ތާވަލް ކޮށްފައި ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިމައްސަލަތަކުގެ ޝަރީޢަތުގެ މަޖިލީހެއް މިދިޔަ ބުރާސްފަތި ދުވަހު ވެސް ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން ކަމަށް ބުނެ އެދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާޗް މަހުގެ 15 ވަނަ ދުވަހު ވެސް ތާވަލް ކުރިއެވެ. އެދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ކުރިން ޖަނަވަރީ 26 ވަނަ ދުވަހާއި ޖަނަވަރީ 21 ވަނަ ދުވަހު ވެސް ޝަރީޢަތް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!