ވެރިން ޒިންމާދާރު ކުރުވުމުގެ ގޮތުން އެއްވުމެއް ބާއްވަނީ

ވެރިން ޒިންމާދާރު ކުރުވުމުގެ ގޮތުން މާދަމާ ވެލާނާގޭ ކުރިމަތީގައި އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

“ޖާގައެއް ނެތް” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ އެއްވުން ފަށާނީ މާދަމާ މެންދުރު 13:30 ގައެވެ.

މި އެއްވުން އިންތިޒާމުކުރާ ފަރާތުން ބުނީ އަންހެނުންނަށް ރައްކާތެރި އެއްވެސް ޖާގައެއް ނެތް ކަމަށާއި ގޭތެރޭންވެސް، އޮފީހުންވެސް، ކުޅެން ދިޔަޔަސް، މަގަށް ނިކުތަސް، މިއިން ކޮންމެ ތަނަކުންވެސް ލިބެނީ އަނިޔާ ކަމަށްވާއިރު ދެން ހިމޭނުން ނުތިބޭނެ ކަމަށެވެ.

“އަންހެނުންނަށް ކުރާ އަނިޔާ ހުއްޓާލާ! އަނިޔާއަށް ހިތްވަރު ދިނުމާއި، އަނިޔާ ކުރާ މީހުން ހިމާޔަތްކުރުން ހުއްޓާލާ!” އެ ފަރާތުން ބުނެއެވެ.

މި އެއްވުން އިންތިޒާމުކުރާ ފަރާތުން ވަނީ ގިނަ ކަންތައްތަކަކަށް ވެސް ޑިމާންޑްކޮށްފައެވެ. އެގޮތުން އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިިނުމަށާއި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމު ކުރުމަށާއި، ދައުލަތުގެ އިސްމަގާމު ތަކުގައި ތިބި ކުށްވެރިން ވަކިކުރުމުގެ އިތުރުން ބާރުވެރި ކުށްވެރިން ހައްޔަރުކޮށް، އިންސާފުގެ ކުރިމަތީގައި އަނިޔާވެރިން އެއްހަމަ ކުރުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!