ޑާޓާ ޕެކޭޖް މާ އަވަހަށް ހުސްވޭތަ؟ ހައްލު ކޮށްލާނެ ގޮތްތައް މިހިރީ!

ޑާޓާ ޕެކޭޖް އަވަހަށް ހުސްވާ ވާހަކަ އަކީ ރާއްޖޭގައި އާންމު ވާހަކަ އެކެވެ. އެއް މަހަށް އަޅާ ޑާޓާ ޕެކޭޖް ހަފްތާއެއް ތެރޭ ހުސްވެގެން ޝަކުވާ ކުރާ އެތައް ބަޔަކު ފެނެއެވެ. ތިރީގައި މިވަނީ ޑާޓާ ޕެކޭޖަށް ލުއި ވާހެން އެންޑްރޮއިޑް ގައި އިންޓަރނެޓް ބޭނުން ކޮށްލެވޭނޭ ބައެއް ގޮތްތަކެވެ.

ޑާޓާ ބޭނުން ކުރާ މިންވަރު މަދު ކުރަން އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ އެންމެ ގިނައިން ޑާޓާ ބޭނުން ކުރަނީ ކޮން އެޕް ތަކެއް ތޯ ބަލާލުމެވެ. އެއަށް ފަހު އެކަމާއި މެދު އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނީއެވެ.

ޑާޓާ އެންމެ ގިނައިން ބޭނުން ކުރާ އެޕްތަކަކީ ކޮބައިތޯ ބެލުމަށް
ސެޓިންގސް ހުޅުވާލޭށެވެ.
ނެޓްވޯކް އަދި އިންޓަރނެޓް ޖަހާފަ އިން ތަނަށް ފިތާލާށެވެ.
ޑާޓާ ޔޫސޭޖް އަށް ދިޔުމަށް ފަހު…
ދެން ފިތާލަން ވީ ”އެޕް ޑާޓާ ޔޫސޭޖް” އަށެވެ.

އެންޑްރޮއިޑް ބައެއް ފޯނުތަކުގައި މިހެން ފެންނަށް ނުހުރެދާނެއެވެ. އެހެން ވެއްޖެނަމަ ސެޓިންގ އަށް ދިޔުމަށް ފަހު “ޑާޓާ ޔޫސޭޖް” ޖެހުމަށް ފަހު ސާރޗް ކޮށްލާށެވެ. އޭރުން ސެޓިންގ އިން އެ ޑާޓާ ޔޫސޭޖް ހިމެނޭ ބައި ދައްކާނެއެވެ.

މި ތަނުން ޑާޓާ އެންމެ ގިނައިން ބޭނުން ކުރަނީ ކޮން އެޕަކުންތޯ ދެނެގަންނާށެވެ.

އާންމު ގޮތެއްގައި އެންމެ ގިނައިން ޑާޓާ ބޭނުން ކުރެވިފައި ހުންނަ ބައެއް އެޕްތަކުން ޑާޓާ ދާ މިންވަރު މަދު ކުރެވިދާނެ ގޮތް މި ލިޔުމުގައި ހިމަނާލާނަމެވެ.

ކްރޮމް ބްރޯޒަރ

ކްރޮމް ބްރޯޒަރ އަކީ އެންމެ ގިނައިން ބޭނުން ކުރެވޭ އެއް އެޕްލިކޭޝަންއެވެ. ކްރޮމް ބްރޯޒަރ ގައި އިންނަ ލައިޓް މޯޑް އޮން ކޮށްލުމުން %60 ޑާޓާ ރައްކާ ކުރެވޭނެއެވެ. މިކަން ކުރާނޭ ގޮތް ތިރީގައި ދައްކާފައި މިވަނީއެވެ.

ޕްލޭސްޓޯރ

ޕްލޭސްޓޯރ އިން ޑާޓާ ބޭނުންކޮށްގެން އެޕްތައް އޮޓޯއިން ޑައުންލޯޑް ކުރާނަމަ ވަރަށް އަވަހަށް ޑާޓާ ޕެކޭޖް ހުސްވާނެއެވެ. ހަމައެކަނި ވައިފައި މެދުވެރިކޮށް އެޕްތައް އަޕްޑޭޓް ކުރުމަށް ސެޓިންގ ބަދަލުކުރާ ގޮތް ތިރީގައި މިވަނީއެވެ.

ފޭސްބުކް

ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް އެޕަކީ ފޭސްބުކް އެވެ. ފޭސްބުކް ގައި ފޮޓޯތަކާއި ވީޑިޔޯތައް ހުރުމުން ޑާޓާ ޕެކޭޖަށް ކުރާ ބާރު ބޯޑުވެ, ޑާޓާ ކޮޅު އިސާހިތަކު ހުސްވެދެއެވެ. ފޭސްބުކް ގައި ޑާޓާ ސޭވްކުރަން ހަދަންވީ ގޮތް ތިރީގައި މިވަނީއެވެ.

އިންސްޓަރގްރާމް

އިންސްޓަގްރާމްއަކީ ފޭސްބުކް ނަގާފައި ދިވެހިން އެންމެ ގަޔާވާ އެޕްލިކޭޝަނެއެވެ. އިންސަޓަރގްރާމް ވެސް ޑާޓާ ބޭނުން ކުރާ މިންވަރު މަދުކޮށްގެން ބޭނުން ކުރެވިދާނެއެވެ. އެގޮތަށް އެކަން ކުރަންވީގޮތް ތިރީގައި މިވަނީއެވެ.

ޓްވިޓަރ

ޒުވާނުންތެރޭގައި ޓްވިޓާރގެ ފޯރި ދުވަހަކަށް ފަހު ދުވަހެއް ގަދަވަމުން ދާއިރު ޓްވިޓާރ އަކީ ވެސް މަހެއްގެ މައްޗަށް އެތައް ޖީބީއެއް އެއަށް ދާ އެޕްލިކޭޝަނެކެވެ. ޑާޓާ ޕެކޭޖް ހުލިވުމުގެ ކުރިން ޑާޓާ މަދުން ބޭނުން ކުރުމަށް ހަދަންވީ ގޮތް ތިރީގައި މިވަނީއެވެ.

އިތުރަށް ޑާޓަރ ސޭވް ކުރުމަށް މި ގޮތް އިޚްތިޔާރު ކުރެވިދާނެއެވެ. މިއީ އެޕްތައް ނިއްވާފައި ހުންނަ އިރު އެ އެޕްތަކުން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ގެންނަ ބަދަލެކެވެ. ބައެއް އެޕްތަކަކީ ފޯނު ބޭއްވުމަށްފަހު, ނުވަތަ އެ އެޕް ބޭނުންކުރުން ހުއްޓާލިއަސް ތާއަބަދު ނެޓް ބޭނުން ކޮށްކޮށް ޑާޓާ ކޮޅު ހުސްކޮށްލާ އެޕްތަކެވެ.

މިކަން ހުއްޓުވުމަށް އަމަލު ކުރަންވީ ގޮތްވެސް ހިމަނާލާނަމެވެ.

ބެކްރައުންޑްގައި ނުވަތަ އެޕް ބޭނުން ނުކުރާ ގަޑީގައި އެޕް އިން ޑާޓާ ބޭނުން ކުރެވޭނީ ކޮން އެޕަކުންތޯ މިތަނުން ކަނޑައަޅާށެވެ.

ނޫސް ކިޔާ ފަރާތްތަކަށް ޑާޓާ ޕެކޭޖަށް ބުރަ ނުވާހެން ނޫސް ކިޔާލެވޭނޭ އިތުރު ގޮތަކީ އިރު އޮންލައިން އިން ދާދި ފަހުން ނެރުނު އެ ނޫހުގެ އެޕް ބޭނުން ކޮށްގެންނެވެ. މިގޮތުން މި އެޕަކީ ކޮންމެ ފަހަރަކު ޚަބަރުތައް ލޯޑު ވުމުގެ ބަދަލުގައި އެއްފަހަރު ލޯޑް ކޮށްލުމުން އިތުރަށް ޑާޓާ ނުދާހެން ޑާޓާ ޕެކޭޖަށް ލުއި ވާނޭހެން ތައްޔާރު ކޮށްފައިވާ އަދި ލޯޑިންގ ސްޕީޑް އެހާ އަވަސް އެޕެކެވެ.

އިރު އޮންލައިން އަކީ ރާއްޖޭގެ ޚަބަރުތައް އެންމެ އަވަހަށް ގެނެސްދޭ އެއް ނޫސްކަމަށް ވާއިރު، ބްރޭކިންގ ނިވްސް ލައިވްކޮށް ގެނެސް ދިނުމަށާއި، އަދި މުހިންމު ލައިވް އިވެންޓްތައް ވަގުތުން ކަވަރުކުރުމަށް މި އެޕް ގައި ހާއްސަ ބައެއްވެސް ހިމަނާފައިވެއެވެ.

މި އެޕްލިކޭޝަނަށް ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އެޕް އިންސްޓޯލް ކޮށްގެން 55 އިންޗީގެ ސްމާރޓް ޓީވީއެއް ހޯދުމުގެ ފުރުސަތުވެސް ނޫހުން ވަނީ ކިޔުންތެރިންނަށް ހުޅުވާލާފައެވެ.

އިރު އޮންލައިން އެޕް ސްޓޯރުންނާއި، ޕްލޭ ސްޓޯރުން ޑައުންލޯޑް ކޮށްލެވޭނެ!

  1. ޖަވާދަށް ނުފެންނަންޔާ ލޮލުގެ ކުލިނިކަކަށް ޖައްސާލަބަލަ. އަހަރެމެންނަށް ފެނޭ

    0
    0
  2. ކުރެވިދާނެ، ކުރާނެ، ބަދަލުކުރާނެ، ހަދަންވީ، ކުރަންވީ ގޮތްް ތިރީގައި އެވަނީކަމަށް އޮންންއިރު އެގޮތް ތިރިން ނުފެނަނަނީ ކީއްވެތޯ?

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!