މާލޭގެ 3 ސަރަހައްދަކުން ކަރަންޓް ކަނޑާލަނީ

މާދަމާ މާލޭގެ ތިން ސަރަހައްދަކުން، އެއްގަޑިއިރަށް ކަރަންޓް ކަނޑާލެވޭނެ ކަމުގައި ސްޓެލްކޯއިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިކަން ހާމަކޮށް މިރޭ ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ އެ ކުންފުނީގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކެއް ބަދަލު ކުރުމަށްޓަކައި 11 ޖުލައި 2020 ވާ ހޮނިހިރު ދުވަހު (މާދަމާ) ހެނދުނު 0930 އިން 1030 އަށް މާލޭގެ ތިން ސަރަހައްދަކުން ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މައްޗަންގޮޅި ދިލްބަހާރުމަގު ހިމެނޭ ސަރަހައްދާއި، މާފަންނު މުނިޔާމަގު ހިމެނޭ ސަރަހައްދާއި އަދި މާފަންނު ޖަންބުމަގު ހިމެނޭ ސަރަހައްދުކަމުގައި އެ ކުންފުނިން މަޢުލޫމާތުދެއްވާފައި ވެއެވެ.

ކަނޑައެޅިފައިވާ ވަގުތުގައި ކަރަންޓް ކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ފަރާތުން މާފަށް އެދޭކަމަށާއި އަދި އެއްގަޑިއިރުގެ ވަގުތެއް ކަނޑައެޅިފައިވީ ނަމަވެސް މަސައްކަތް ނިމިނުހާ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އެ ހިސާބުތަކަށް ފޯރުކޮށްދެވޭނޭ ކަމުގައި އެކުންފުނިން މިރޭކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!