އެވެންޖާރސް: އެންޑް ގޭމްގެ ޓްރެއިލާއަށް ވުރެ ގިނަ މީހުން ސުޝާންތުގެ ދިލް ބެޗާރާ ޓްރެއިލާ ބަލައިފި

މިހާތަނަށް އެންމެ ގިނަ މީހުން ޓްރެއިލާ އަކަށް ބަލާފައިވާ އެވެންޖާރސް: އެންޑް ގޭމް ގެ ރެކޯޑު ސުޝާންތް ސިންގް ރާޖްޕޫތު ގެ ފިލްމް ދިލް ބެޗާރާ މުގުރާލައިފިއެވެ.

މި ހަފްތާގައި ރިލީޒްކުރި މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި 5.4 މިލިއަން ލައިކްސް ވަނީ ޔޫޓިއުބްއަށް ލާފައިވާ އެ ޓްރެއިލާއަށް ލިބިފައެވެ.

ރޫސޯ ބްރަދާސް ގެ އެވެންޖާރސް: އެންޑް ގޭމް ރިލީޒް ކުރިތާ 24 ގަޑިއިރު ތެރޭގައި ލިބިފައިވަނީ 2.4 މިލިއަން ލައިކްސްއެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް މުކޭޝް ޗަބްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ގައި ނުކުތް ހޮލީވުޑްގެ ފިލްމު “ފޯލްޓް އިން އަވާ ސްޓާޒް” ގެ ރިކެމެކެވެ. ސުޝާންތާ އެކު “ދިލް ބޭޗާރާ” ގެ ބަތަލާގެ ރޯލް ކުޅެފައި ވަނީ ސަންޖަނާ ސާންގީ އެވެ.

ސުޝާންތު ސިންގް ރާޖްޕުތު އެންމެފަހުން ކުޅުނު ފިލްމް “ދިލް ބޭޗާރާ” ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!