ފޮޓޯ: ސަން

ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ސިޓީއެއް ސަރުކާރަށް

ބ. ބޮޑުފިނޮޅުގައި އެތައް މަސްތަކެއް ވަންދެން މުސާރަ ނުލިބި ތިބި ބިދޭސީންގެ ހާލު ސަރުކާރުުގެ ސަމާލުކަމަށް ގެނައުމަށް އެ ރަށުގައި ތިބި ބިދޭސީން ސަރުކާރަށް ސިޓީއެއް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ސަން ގައި ބުނެފައި ވަނީ އިނގިރޭސިބަހުން ލިޔެފައިވާ އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރުގެ އިސް ފަރާތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެހެނިހެން އިދާރާތަކަށް ފޮނުވަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ސިޓީ ފޮނުވަން ހަދާނެ ގޮތެއް އެމީހުންނަށް ނޭނގޭ ކަމަށެވެ.

ބިދޭސީންގެ ސިޓީގައި ބުނެފައި ވަނީ މިވަގުތު އެ ރަށުގައި ޖުމްލަ 179 ބިދޭސީން ތިބި ކަމަށާއި، އެ މީހުން ގެ ތެރެއިން މިވަގުތު ބަލި ތިން މީހުން ތިބި ކަމުގައެވެ. ނަމަވެސް އެ ބަލި މީހުން އަދިވެސް ޑޮކްޓަރަށް ދެއްކިފައި ނޫވާ ކަމަށާއި، ރިޒް ކުންފުނިން އެ މީހުންނަށް އަޅާނުލާ ކަމަށެވެ.

އެ ރަށުގައި ތިބި މީހުންނަށް މުސާރަ ނުދޭތާ މިހާރު 6 މަސް ވެފައި ވާ ކަމަށާއި، އެ މީހުން ކާން ވެސް ނިދަން ވެސް ތިބެން ޖެހެނީ ކެންޓީނުގައި ކަމަށް ވެސް އެ ސިޓީގައި ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން ވެސް އަތުގައި ލާރި ނެތުމުން އެ ބަލި މީހުން ތުޅާދޫއަށް ގޮސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއްވެސް ނެތް ކަމުގައެވެ. އަދި މިކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ފުލުހުން ނަކީ އެތާ ސެކިއުރިޓީ ބަލަހައްޓަން ތިބިބައެއް ކަމުގައި ފުލުހުން ބުނެފައި ވާކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެ ރަށުން ސަން ނޫސް އާއި ހަވާލާދީ ވާހަކަ ދެއްކި ފަރާތަނުން ބުނި ގޮތުގައި ފުލުހުންގެ ފަރާތުން ރަށުގައި ތިބި ބިދޭސީންނަށް ލިބޭ އެހީތެރިކަން ލިބޭ ކަމަށާއި، ފުލުހުން ކައިރީ ބުނުމުން ބޭނުންވާ ބައެއް އެއްޗެހި ގެނެސްދީ އަދި ބަލި މީހުންނަށް ބޭސް ވެސް ގެނެސްދޭ ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ނުވާ ކަމަށް އޭނާ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!