ބޮލީވުޑަށް އަލަށް ތަޢާރަފްވެ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އަލާޔާ ފަރުނީޗަރވާލާ (އެފް)، މޫނުގެ ހަންގަނޑު ރީތިކުރާ ފޭސްމާސްކެއްގެ ރެސިޕީ ފޭނުންނާ ހިއްސާކޮށްފިއެވެ.
އިންސްޓަގްރާމުގައި އަލާޔާ ހިއްސާކުރި ވީޑިއޯގައި ކިޔައިދެނީ ކޮފީ ބޭނުންކޮށްގެން ހަދާ ފޭސްމާސްކެއްގެ ރެސިޕީއެވެ. އެއަށް ބޭނުންވާ ތަކެއްޗަކީ، ގްރައުންޑެޑް ކޮފީއާއި، ހަކުރާއި، ކިރާއި، މާމުޔާއި އޮލިވް އޮއިލް އެވެ. މި ހުރިހާ އެއްޗެއް ހެޔޮވަރު ވަރަކަށް ތަށްޓަކަށް އެޅުމަށްފަހު އެއްކޮށްލާނީއެވެ. އަދި ޕޭސްޓުގަނޑެއް ހަދާފައި މޫނުގައި އުނގުޅާނީއެވެ.
އަލާޔާ ބުނާ ގޮތުގައި، މޫނުގައި މި ޕޭސްޓު އުނގުޅުމަށްފަހު އެއްކޮށް ހިކެންދެން ބަހައްޓަން ޖެހެއެވެ. އެއަށްފަހު ފެނުން ރީތިކޮށް ދޮވެލާނީ ކަމަށް އޭނާ ބުންޏެވެ.
22 އަހަރުގެ ބަތަލާ ބުނި ގޮތުގައި، މި މާސްކަކީ މޫނުގެ ހަންގަނޑު ފުފުމުން ދުރުކޮށްދީ، އަދި ރަނގަޅު އެކްފޮލިއޭޓާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރާ އެއްޗެކެވެ. މީތި ހޭކުމުން އޮމާން، މަޑު ހަންގަނޑެއް ލިބޭނެ ކަމަށް އަލާޔާ ބުނެއެވެ. ހަމައެހެންމެ، ގައިގެ އެހެން ތަންތާނގައި ވެސް އުނގުޅަން މި މާސްކު ރަނގަޅު ވާނެ ކަމަށް އަލާޔާ ހާމަކުރެއެވެ.
އަލާޔާ އެފް އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިއެކެވެ. އަލާޔާ ބޮލީވުޑަށް ތަޢާރަފްވީ މި އަހަރުގެ ކުރީކޮޅު ނުކުތް “ޖަވާނި ޖާނެމަން” ފިލްމުންނެވެ. މިއީ ސައިފް އަލީ ޚާން އާއެކު ކުޅެފައިވާ ފިލްމެކެވެ.