ހިތު އަޅައިގެން ތި އުޅޭ ކުއްޖާ ރަހުމަތްތެރިއަކަށްވުރެ ގާތްކަން ދެނެގަންނާނެ ގޮތް!

އެކުގައި އުޅޭ ފިރިހެން ކުދިން، ތިމާއާއި ދޭތެރޭ ދެކޭގޮތެއް ދެނެގަތުމަށް ގިނަފަހަރު އަންހެނަކުދިންނަށް ވަރަށް އުދަނގޫވެއެވެ. ދެކެނީ ރަހުމަތްތެރިއެއްގެ ގޮތުންތޯ ނޫނީ އެއަށްވުރެ ގާތްކޮށްތޯ ދެނެގަތުމަށް ވަރަށް ރަގަނޅަށް އެމީހެއްގެ ހަރަކާތްތަށް ބަލަންޖެހެއެވެ. ރަހުމަތްތެރިންގެ ތެރެއިން ތިމާ ހިތްއެދޭ މީހެއްނަމަ އެމީހަކު ތިމާއާއި ދޭތެރޭ ދެކޭގޮތް ދެނެގަތުމަށް ވަރަށްބޮޑަށް ޝައުޤުވެރިވެއެވެ. އެކަން އެގެން ބޭނުންނަމަ ތިރީގައި އެވާ ކަންތަށްތަށް ފިރިހެންކުއްޖާގެ ކިބައިން ފެނޭތޯ ޔަޤީންކުރާށެވެ.

1.ތިބާ އެހެން ކަންކަމުގައި މަސްއޫލުވެ އުޅޭއިރު ތިބާއަށް އޭނާ ބަލާނެއެވެ. ބައެއް ފަހަރަށް ތިބާއަށް އެކަން ފާހަގަވެ އެބުރި ބަލައިފިނަމަ ތިބާގެ ސަމާލުކަން ހޯދުމަށް ލަދުރަކިކޮށް ހިނިތުންވާނެއެވެ.

2. ބަޔަކު އެންމެނާއެކު ތިބާ އުޅޭއިރު އެމީހަކު އަބަދުވެސް ތިބާގެ މަގަތުގައި އިށީންނަށް ބޭނުންވާނެއެވެ. އަދި އެކި ބަހަނާ ދައްކައިގެންވިޔަސް އެކަމަށް މަގުފަހިކުރާނެއެވެ.

3. ހުރިހާ ރަހުމަތްތެރިން ބައްދަލުކޮށް މަޖާކޮއްލުމަށް ތަފާތު ކަންތަށްތަށް ރޭވުމުގައި އިސްކޮށް އެމީހަކު އަބަދުވެސް ހަރަކާތްތެރިވާނެއެވެ.

4.ތިބާ އެއްވެސް ވާހަކައެއް ދައްކާނަމަ އެމީހަކު ވަރަށް ކަނުލާ އަޑުއަހާނެއެވެ.

5. ތިބާ އާއި އެކު އެކަނި ވަގުތު ހޭދަކުރާއިރު އޭނާގެ މިޒާޖު ތަފާތުކަން ފާހަގަވާނެއެވެ. ފަހަރުގައި އެހެން ރަހުމަތްތެރިންނާއެކު އުޅޭއިރު މާގާތް މަޖާ ގޮތެއް ހުންނަ މީހުންވެސް މަޑުމައިތިރިވެ ތަފާތު އެހެން ގޮތަކަށް ފެންނާނެއެވެ.

6. ދެމީހުން އެކަކު އަނެއްކަކުގެ ވާހަކަ ދައްކާއިރު އެމީހަކު މަޖަލަށް ތިބާއާއި ދިމާ ކުރުން ވަރަށް ގިނަވާނެއެވެ.

7. ގިނަގިނައިން ތިބާއަށް ތައުރީފުކުރާނެއެވެ. އަދި ތިބާ ހިތްއެދޭ ގިނަ ކަންތަށްތަށް އޭނާއަށް އެގޭނެއެވެ.

8. ދިރިއުޅުމާއި އަދި ދިރިއުޅުމާއި ގުޅިފައިހުރި މީހުންގެ ވާހަކަތަށް އަހާ އޮޅުން ފިލުވުމަށް އެމީހަކު ވަރަށް ޝައުޤުވެރިވާނެއެވެ.

9. އެއްކޮށް އުޅުމަށްފަހު ގެއަށް ދިއުމުން އަބަދުވެސް ރައްކާތެރިކަމާއެކު ގެއަށް ދެވުނުތޯ އެމީހަކު ޔަޤީންކުރާނެއެވެ. ހާއްސަކޮށް ރޭގަނޑުގެ ދަންގަނޑިއެއްނަމައެވެ.

10. އަބަދުވެސް ތިބާ އަކީ އެމީހެއްގެ ޒިންމާއެއްކަމުގައި ދެކޭނެއެވެ. ކޮންމެ ކަމެއް ދިމާވިޔަސް ތިބާ އަށް އެހީވުމަށްޓަކައި ކޮންމެ ގުރުބާނީއެއްވެސް ވާނެއެވެ.

މިކަހަލަ ރަޙުމަތްތެރިއަކު ތިބާގެ އެބަހުރިތޯއެވެ. ޔަޤީންކުރާށެވެ. އެހެންކަމަށްވަނީނަމަ ތިބާ އަކީ އެމީހަކަށް ރަހުމަތްތެރިއަކަށްވުރެ މާ ގާތްމީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!