ފުރަބަންދުގެ ސަބަބުން ވީ ޑިޕްރެޝަންގެ ޝިކާރައަކަށް

ކޮރޯނާގެ ސަބަބުން ހޭދަކުރަންޖެހުނު މި ފުރަބަންދުގެ ތެރޭގައި ޕާކިސްތާނުގެ މަޝްހޫރު އެކްޓުރެސް ޒާރާ ނޫރު ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާކަމަށް އޭނާ ހާމަކޮއްފިއެވެ. އަދި ޑޮކްޓާރުން ބޭހާއި ތެރަޕީ ނެގުމަށް ލަފާދީފައިވާކަމަށްވެސް ޒާރާ ބުނެފައިވެއެވެ.

އޭނާ މިވާހަކަތަށް ހާމަކޮއްފައިވަނީ އިންސްޓާގުރާމުގެ ސްޓޯރީގައެވެ.

“މި ފުރަބަންދު އަހަރެންނަށް ވަރަށް ގިނަ ހިތްނުތަނަވަސްކަން ގެނުވި. ބައެއް ފަހަރަށް ވަރަށްބޮޑަށް ހިތްނުތަނަވަސްވެ ބިރުހީވޭ. އެކަމަކު އެކަމާ އެހާ ބޮޑަށް އަޅައެއްނުލަން. އަހަރެން ހީކުރީ އެއީ މަސައްކަތްތަކުގެ ވައްޓަފާޅިއަށް އައި ބަދަލެއްގެ ސަބަބުން އިހުސާސުކުރެވޭ ވަރުބަލި ކަމެއްކަމަށް. އެކަމުން އަރައިގަތުމަށް އަހަރެންނަށް ކުރެވުނު އެންމެ ރަގަނޅަކަށް މަސައްކަތްކުރިން. އެންމެފަހުން އަހަރެންނަށް ޑޮކްޓަރަށް ދާންޖެހޭކަން އިހުސާސުވުމުން ދިޔަ. އޭރު އަހަރެންގެ ބަލި ހާލަތުހުހުރީ ކުލިނިކަލް ޑިޕްރެޝަންގެ ބޯޑާލައިނު. ” ޕަރޭ ހަޓު ލަވާގެ އެކްޓުރެސް ޒާރާ ބުނެފައިވެއެވެ.

ޒާރާ ވަނީ އޭނާގެ ފޭނުންނާއި ހެޔޮއެދޭ މީހުނަށް ދިމާވާކަންތަށްތަކުގެ ވާހަކަ ދެއްކުމަށް ގޮވާލާފައެވެ. އަދި މިފަދަ ކަންތަށްތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު އެންމެ މުހިއްމު ކަމަކީ ސިކުޑީގެ ބަލިމަޑުކަމަކީ ބޮޑުކަމެއްކަން ދެނެގަތުން ކަމުގައިވެސް ޒާރާ ބުނެފައިވެއެވެ.

އެންމެ ފަހުން ޒާރާ ފެނިގެންގޮސްފައިވަނީ ޓީވީ ޑްރާމާ އެހެދް އޭ ވަފާއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!