ތޮއްޑޫ ހޯމް ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވް ވެއްޖެ

މާލެ އިން އއ. ތޮއްޑޫއަށް ގޮސް ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ތޮއްޑޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކާ ހަވާލާދީ “ސަން” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ޕޮޒިޓިވްވެފައިވަނީ މާލެ އިން އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީން ހަމަވުމުން ނެގި ސާމްޕަލުންނެވެ.

އެ ކުއްޖާއަކީ ތޮއްޑޫ ސްކޫލުގައި ކިޔަވަމުން އަންނަ ކުއްޖެއެވެ.

އެ ކުއްޖާއާ އެކު އިތުރު ހަތަރު މީހުން މާލެ އިން އެ ރަށަށް ގޮސް އެއް ގެއެއްގައި ވަނީ ކަރަންޓީންވެފަ އެވެ. އެ ކުއްޖާ ފިޔަވައި އެހެން އެންމެންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!