ފޮޓޯ: ވަގުތު

ނަޑެއްލާ އަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް

ގދ.ނަޑެއްލާ އަށް ވަރަށް ބޮޑަށް އުދަ އަރައި ބައެއް ގެތަކަށާއި، ގަސްތަކަށާއި ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުން ވެއްޖެއެވެ.

އޮންލައިން ނޫސް ވަގުތުގައި ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު އާއި ހަވާލާދީ ބުނެފައިވަނީ މިއަދު ހަވީރު 16:00 ހާއިރުން ފެށިގެން އެރަށަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފައިސަލް މައުލޫމާތު ދީފައިވާ ގޮތުގައި 800 ވަރަކަށް ފޫޓަށް ވަނީ އުދަ އަރާފައިވެއެވެ.

“އުދަ އެރި ސަރަހައްދުތަކުގައި ހުރި ހުރިހާ ގަހެއް ވެސް މަރުވެގެން ދާނެ. މިހާތަނަށް ނުވަ ވަރަކަށް ގެއަށް ވަނީ ލޮނު ވަދެފައި. އެގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނުލިބޭ.” ފައިސަލް ނަޖީބު އެނޫހަށް ވިދާޅުވިއެވެ.

އެމްއެންޑީއެފް އާއި ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަދި އަތޮޅު ކައުންސިލަށް ވެސް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ނަޑެއްލާ ކައުންސިލުން މައުލޫމާތު ދެއެވެ.

މިއަދު ހިނގި އުދައރުމުގެ ހާދިސާގައި ގޮނދުށުން ފެށިގެން ބައެއް ރަށްރަށުގެ މަގުތަކުގެ ބޮޑު ސަރަހަދުތަކާއި ގޭގެއަށްވެސް ލޮނުގަނޑު ފޯރާފައިވެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ބައެއް ރަށްރަށާއި، ގދ.އަތޮޅު މަޑަވެލިފަދަ ރަށްރަށް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!