ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެއިން 11 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިއާއިއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 2238 އަށް ވަނީ އަރާފައެވެ.