ރާއްޖެއިން އިތުރު 64 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެއިން 44 ދިވެއްސަކަށާއި 17 ބަންގްލަދޭޝް މީހުންނާއި، 2 އިންޑިއާ މީހުންނާއި 1 ނޭޕާލް މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށެވެ.
މިއާއި އެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2617 އަށް އަރާފައެވެ.