މާގިރި ހޮޓެލްއިން އެއްވެސް ފަރާތަކާ ސީސީޓީވީ ފޫޓެޖް ހިއްސާ ނުކުރާ ކަމަށް ބުނެފި

މާގިރި ހޮޓެލްއިން އެއްވެސް ފަރާތަކާ ސީސީޓީވީ ފޫޓެޖް ހިއްސާ ނުކުރާ ކަމަށް ބުނެފިއެވެ.

މާގިރި ހޮޓެލް އިން ކުރި ޓްވީޓެއްގައި ބުނީ އެ ހޮޓެލްއިން ކަސްޓަމަރުންގެ ޕްރައިވަސީ އޮތްކަން ޔަގީން ކޮށްދޭކަމަށާއި އެ ފަރާތުން އެއްވެސް އަމިއްލަ ފަރާތަކަށްވެސް މީޑިއާއަކަށްވެސް ސީސީޓީވީ ފޫޓެޖް ހިއްސާ ކޮށްފައިނުވާނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފެތުރިފައިވާނަމަ އެއީ ތެދު ނޫން މައުލޫމާތެއް ކަމަށް އެފަރާތުން ބުނެއެވެ.

ހަމައެހެންމެ އެ ހޮޓެލްއާއި މެދު ދޮގު ހަބަރު ފެތުރި ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅުތައް ނަގާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!