ފޮޓޯ: ގޫގުލް

ޖާބިރަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެފި

ބިދޭސީން ގައުމަށް ފޮނުވާލަން ޖެހޭ ކަމަށާއި، އެ މީހުން ޖާބިރު އަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވިޔަފާރިވެރިން ބިދޭސީ މީހުން ރާއްޖެ ގިނަ ކުރާ ވާހަކައަކީ އެއީ ދޮގެއް ކަމަށެވެ. އަދި ވިޔަފާރި ވެރިން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ

އެގޮތުން ޖާބިރު ވިދާޅުވީ ހުޅިމެންދޫ ފަރަށް އޭނާ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިގެން އެރަށަށް ފައިބައިގެން މިސްކިތުގައި ހުއްޓާ ވަލު ތެރެއިން ފަސް ވަރަކަށް ބަންގްލަދޭޝް މީހުން އައި އައިސް އޭނާ މަރާލާނެ ކަމަށް ބުނި ކަމަށެވެ.

އަދި އެވަގުތު ތަންކޮޅެއް ބަލި ކަށިކޮށް ހުރުމުން ގަތް ބިރެއްގެ ބޮޑުކަމުން މިސްކިތަށް ވަދެ ދެ ރަކުއަތުގެ ނަމާދެއް ކޮށް، ދުއާ ކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެކަހަލަ ކިތަށް މީހުން އެރަށުގައި އެބަ އުޅޭ ކަމަށް އެވަގުތު ހިތައް އެރި ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް އެމީހުން ކުރި ކަންތަކުގެ ވާހަކަ ކިޔައިދިން ކަމަށާއި އޭގެ ޖެހިގެން އައި ދުވަހު ބަންގްލަދޭޝް މީހުން ދިވެހި ސިފައިންގެ ގަޔަށް އަރާފައިވާ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

“ވަގުތުން ވަގުތަށް ބަންގާޅު ހުރިހާ އެންމެން ބޯޓަކަށް ލާފައި، މިހާރުން މިހާރަށް ދިވެހި ރާއްޖޭގެ ޑިފެންސް ފޯސް ޖެނެރަލް ޝަމާލް މިހާރު އެމީހުން ފޮނުވާލަންވީ. އަޅުގަނޑު ޖެނެރަލް ޝަމާލްއަށް އެންގިން އަޅުގަނޑު ގައިގައި ޖަހަން އެމީހުން އައި ވާހަކަ” ޖާބިރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!