ރާއްޖެއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ނޮޅިވަރަމުން މީހަކު ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ މާލެއިން ހޯމް ކަރަންޓީނަށް ދިޔަ ފިރިހެނެކެވެ. އަދި އޭނާ ޕޮޒިޓިވް ވެފައި ވަނީ ރަށަށް އައިތާ 3 ދުވަސް ފަހުންނެވެ.

ނޮޅިވަރަމުން ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވްވެފައިވާއިރު، މިއަދު ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވި މީހާއާއެކު ކަރަންޓީނު ރޫމް ޝެއަރކުރި މީހެކެވެ. އެމީހާއަކީވެސް މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ގޮސްފައިވާތީ އެމީހުންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. އަދި އެމީހާ ދަތުރު ކުރި ލޯންޗުގެ ފަޅުވެރިންގެ ސާމްޕަލް ނަގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!