މިއަދު ޓްވިޓާ މެދުވެރިކޮށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކައިޒީންއަށް ޝުކުރު އަދާކޮށްފިއެވެ.
ޑީއާރުޕީގެ ޓްވިޓާ އެކައުންޓުގައި ޖާބިރު އާ ހަވާލާދީ ލިޔެފައި ވަނީ، މޮޑެލް ކައިޒީންގެ ފޭނުންނަށް ކޮވިޑް-19 އާ ގުޅިގެން ދެއްވި ހަދިޔާއަކީ އެހެން އެފަދަ ސެލެބްރިޓީންނަށް ނަމޫނާ ނަގަން ޖެހޭ ކަމެއް ކަމަަށެވެ.
“ކައިޒީން އާއި އެހެން ސެލެބްރިޓީން ގައުމު އިޝްތިހާރު ކުރުމަށް ތި ކުރައްވާ މަސައްކަތަކަށް ޝުކުރު ދަންނަވަން”. ޖާބިރުގެ ޓްވީޓުގައި ވެއެވެ.
ކައިޒީންއަކީ މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ކޮށްފައިވާ ޒުވާނެކެެވެ.