ކެޕްޓަނުން މަސްތުވާތަކެތި ބޭނުން ކުރާކަމަށް ޖާބިރު ވިދާޅުވެއްޖެ

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ބޯޓު ކެޕްޓަނުން މަސްތުވާތަކެތި ބޭނުން ކުރާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޖާބިރު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ބޯޓު ތަކުގެ ބައެއް ކެޕްޓަނުން މަސްތުވާ ކަމަށް ތުހުމަތު ކޮށްފައެވެ.

“ދިވެހި ރާއްޖޭގެ ކެޕްޓަނުން ހަކުރު ބޮނީ. ދެރަ ދެއްތޯ. ގިނަ ކެޕްޓަނުން އެހެން ބޯޓުގައި އެކަނިތިބެ ހަކުރު ބޮނީ. ދެން އަންނަ ބޭރު މީހުންނަށްވެސް ހަކުރު ދޭން މީހުން އުޅެނީ. ދެން އަނެއްކާ ހަކުރު ދީގެންވެސް މީހުން މަސައްކަތް ކުރާ އާދަކާދަވެސް ހުރީ.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އެފަދަ ފަރާތްތައް ފާސްކޮށް، ހައްޔަރު ކޮށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.

ދާދިފަހުންވެސް ޖާބިރު ދަތުރުކުރެއްވި “ގްރާންޑޭޒާ” ނަމަކަށް ކިޔާ ޔޮޓް ބޮޑުމޮހޮރާ އިން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް ވަނީ ފަރަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!