ފޮޓޯ: ގޫގުލް

ޖިންސީ ގޯނާ އާއި ދެކޮޅަށް ހިންގާ ހަރަކާތް މިއަދު ވެސް ކުރިޔަށް

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދުވެސް މާލޭގައި މުޒާހަރާކޮށްފި އެވެ.

މަޖީދީ މަގާއި ޗާންދަނީ މަގު ބައްދަލުވާ ޖަންކްޝަން ސަރަހައްދުން ފެށި މިއަދުގެ މުޒާހަރާވެސް އިންތިޒާމް ކުރީ، ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލާ ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުންނެވެ.

ހަވީރު ހަތަރެއް ޖެހިއިރު ފެށި މުޒާހަރާ ނިންމާލާފައިވަނީ ޝޯޝަލް ސެންޓަރު ކުރިމަތިންނެވެ. މުޒާހަރާގެ ބައިވެރިންނަށް ހުރަސް ނާޅާ ފުލުހުން ވަނީ އެ މީހުންނަށް މުޒާހަރާ ކުރުމުގެ ފުރުސަތު ދީފައެވެ.

މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ، ޖިންސީ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކުށްތަކުގައި އިންސާފު ހޯދައި ދިނުމަށެވެ. އަދި މުއައްސަސާތައް މިކަމުގައި ޒިންމާދާރުވުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. މީގެއިތުރުން ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް ވަނީ ގޮވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!