ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގާނޫނު ގެ ދަށުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާންކޮށްފިއެވެ.
ހދ.އަތޮޅު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
ހދ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ހުޅުވާލާފައިވަނީ، އާންމު ފަރުދުންނަށާއި ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކުގެ އިތުރުން ހދ. އަތޮޅުގެ ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށެވެ.
އިތުރަށް އިޢުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް އެ ކައުންސިލްގެ އިދާރާގައި ކަމަށެވެ.
ކޭލަކުނު ބެލެހެއްޓުމާބެހޭ ބެހޭ ހުރިހާ ލިޔެކިއުންތައް ކައުންސިލްގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައި ވާއިރު، ބީލަންތައް ހުޅުވުން އޮންނާނީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.