ފޭސްބުކްގެ ސަބަބުން ވައިބާ އާއި ގިނަ އެޕް ތަކަކަށް މައްސަލަ ޖެހިއްޖެއެވެ.
މި މައްސަލަ ދިމާވަނީ އެޕަލްގެ ޑިވައިސްތަކުގައި ކަމަށް ބެލެވޭއިރު ގިނަބަޔަކު ވަނީ މީސްމީޑިއާގައި މިކަން ސަމާލުކަމަށް ގެންނަމުންނެވެ.
ވައިބަރގެ އޮފިޝަލް ޓްވިޓަރ އެކައުންޓުންކޮށްފައިވާ މިޓްވީޓުގައި ބުނެފައިވަނީ ވައިބަރ ހިމެނޭގޮތަކަށް ގިނަ އަދަދެއްގެ އެޕްލިކޭޝަންސްތަކެއްގެ މައްސަލަތައް އައިއޯއެސް (އައިފޯންތަކަށް) ދިމާވެފައިވާކަމަށެވެ. ޓެކްނިކަލް މިމައްސަލަ ޙައްލުކުރުމަށް މިހާރުވެސް މަސައްކަތްކުރަމުންދާކަމަށާއި، އަދި މާގިނައިރުތަކެއް ނުވެ މިމައްސަލަ ޙައްލުވެގެންދާނެކަމަށް ބެލެވޭކަމަށެވެ.
އައިއޯއެސް ގެންގުޅޭ ފަރާތްތަކަށް މި އެޕްލިކޭޝަންތައް ޑައުންވެފައިވާއިރު، އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް އެ އެޕްލިކޭޝަންތައް ޑައުންވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އައިއޯއެސް ގެންގުޅޭ ފަރާތްތަކަށް އެޕްލިކޭޝަންތައް ޑައުންވެފައިވަނީ އައިއޯއެސް މައްސަލައެއްގައެވެ.
ދިވެހިންގެ ތެރޭގައިވެސް އެންމެ މަގުބޫލު އެޕްތައް ކްރޭޝްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ވައިބާއަށް މި މައްސަލަ ދިމާވެ އެޕް ކްރޭޝްވުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދެއެވެ.