ފެމިލީ ކޯޓުގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އޮންލައިން ނޫސް ވަގުތުގައި ބުނެފައިވާ ގޮތުގައި ފެމިލީ ކޯޓުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ހެނދުނު އެވެ. އަދި ޕޮޒިޓިވްވެފައި ވަނީ، ހެންވޭރު ކައިވެނި ކޮށްދޭ ބައިގެ ދެ ސެކްޝަނެއްގެ މަސައްކަތް ކުރާ ދެ މުވައްޒަފުން ކަމަށް އެ ނޫހުގައި ވެއެވެ.
އެ ނޫހަށް މައުލޫމާތު ދެއްވަމުން ފެމިލި ކޯޓުގެ ރަޖިސްޓްރަ ނަޝީދު ވިދާޅުވީ، އެ ދެ މުވައްޒަފުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 29 ވަރަކަށް މުވައްޒަފުން މިހާރު އެކަހެރި ކުރެވިފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދެ މުވައްޒަފުން ފައްސިވުމާއި ގުޅިގެން އެ އޮފީސް ޑިސްއިންފެކްޓް ކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.