މާވެޔޮ މިސްކިތް މިއަދު ހުޅުވާލަނީ

މިއަދު އަސުރު ނަމާދުގެ ޖަމާއަތާއިއެކު މާވެތޮ މިސްކިތުގައި ނަމާދުކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ އަހްމަދު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއް ވި ޓްވީޓެއްގައި ވިދާޅުވީ އަސުރު ނަމާދަށް މިސްކިތް ހުޅުވާލާ އާއްމުކޮށް ނަމާދުކުރަން ފަށާނެކަމަށެވެ.

މާވެޔޮ މިސްކަތަށް ކުރިން މަސްޖިދުލް ބަޙާއުއްދީން ކީނަމަވެސް މިހާރު ވަނީ މަސްޖިދުލް އަލީ ހުސައިންގެ ނަމަށް ބަދަލުކޮށްފައެވެ. މިސްކިތުގެ ނަން ބަދަލުކޮށްފައި މިވަނީ މިސްކިތް އިމާރާތްކުރި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ބައްޕަގެ ހަނދާނުގައި އިމާރާތްކޮށްފައިވާ މިސްކިތަކަސްވުމުންނެވެ. ޖަނާހުގެ ބައްޕާފުޅު އަލީ ހުސައިން އަކީ ހަކީމީ ބޭސްވެރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!