އައްޑޫ ސިޓީގެ މަރަދޫގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަ ދެއެވެ
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އައްޑޫ މަރަދޫ، ލިންކު ރޯޑާ ދިމާލު މޫދުން މިއަދު ހެނދުނުން ފެށިގެން ވަރަށް ބޮޑަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ސަބަބުން މުޅި އެ މަގުގައި ފެން ބޮޑުވެ ދަތުރު ކުރަން ވެސް ވަނީ އުނދަގޫ ވެފަ އެވެ.
މެޓް އޮފީހުން ވަނީ ދެކުނު އިންޑިޔާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކެއްގެ ސަބަބުން ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރެ ސަރަހައްދުތަކަށް ކުރިޔަށް އޮތް ދެ ތިން ދުވަހު އުދަ އަރާފާނެކަމަށް މިއަދު ބުނެފައެވެ.
މެޓް އޮފީހުން ވަނީ މި ސަރަހައްދުތަކުގައި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމު ކަމަށް ބުނެފައެވެ.