ކޮވިޑް-19 އަށް ވުރެ ނުރައްކާތެރި ވެދާނެ ބައްޔެއް ކަޒަކިސްތާންގައި

ކޮވިޑް-19 އަށް ވުރެ ނުރައްކާތެރި ވެދާނެ ގޮތް ނޭނގޭ ނިއުމޯނިއާ ހުމެއް، ކަޒަކިސްތާންގައި ފެތުރި ގިނަ ބަޔަކު މަރުވެއްޖެއެވެ. 

ކަޒަކިސްތާންގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ކަޒަކިސްތާންގައި ފެތުރެމުން ދާ މި ނުރައްކާތެރި ރޯގާގައި މީހުން މަރުވާ ނިސްބަތް، ކޮވިޑް-19ގައި މަރުވާ މީހުންނަށް ވުރެ އިތުރެވެ.

ޖޫން 29 އިން ޖުލައި 5 ވަނަ ދުވަހުގެ ނިޔަލަށް މި ހުން ޖެހިގެން 32000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާއިރު، މި މުއްދަތުގައި 451 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް ކަޒަކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.

ސިއްހަތާ ބެހޭ އިދާރާތަކުން މިހާރު ވަނީ މި ބަލި ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައި ކަމަށާ، ނަމަވެސް މި ބަލި ޖައްސާ ވައިރަސް އަދި ހޯދިފައި ނުވާ ކަމަށްވެސް ޗައިނާގެ މެސެޖުގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!