ފޮޓޯ: ގޫގުލް

އިންޑިއާ ކަނޑުގައި ބާނިތައް ބޮޑުވެ ރަށްތަކަށް ރާޅު އަރާނެ، ސަމާލުވޭ: މެޓް

ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ބެލެވޭކަމަށެވެ.

ރަށްތަކަށް ރާޅުއަރާނެކަމަށް ބެލެވޭތީ ޚާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މޫދަށް އެރޭ ފަރާތަކުން މޫދަށް އެރި އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ފިޔަވަޅުއެޅުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!