ސޯލްގެ މޭޔަރު މަރުވެފައި އޮއްވައި ފެނިއްޖެ

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މޭޔަރު ގެއްލިގެން ރިޕޯޓްކުރުމާއެކު، އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އެ ގައުމުގެ ފުލުހުން ކުރަމުންދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މި އޮޕެރޭޝަން ފަށާފައިވަނީ، ޕާކް ވޮން ސޫން ގެ އަންހެން ދަރިފުޅު ރިޕޯޓުކުރުމާއި ގުޅިގެންނެވެ. ދަރިފުޅު ބުނިގޮތުގައި ފުލުހުންނަށް ރިޕޯޓުކުރީ ގެއިން ނުކުތުމުގެ ކުރިން ކުރި މެސެޖެއްގެ ސަބަބުންނެވެ. ނަމަވެސް ތަހުގީގުގެ ބޭނުމުގައި އެމެސެޖު ވަނީ ސިއްރު ކޮށްފައެވެ.

ޕާކްގެ ފޯނަށް އެންމެ ފަހުން ސިގްނަލެއް ލިބިފައިވަނީ އެ ސިޓީގެ ސުންގްބުކް ސަރަހައްދުންކަމަށް ފުލުހުން ބުންޏެވެ. 7 ގަޑި އިރު ހޯދުމަށްފަހު އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ސޯލްގެ އުތުރު މައުންޓް މުގަކް ސަރަހައްދުން އޭނާ ދިރިއުޅޭ ގެއާއި މާ ދުރުނޫން ހިސާބަކުންނެވެ. އޭނާ މަރުވާން ދިމާވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕާކް ވަނީ 2011 އިން ފެށިގެން ސޯލްގެ މޭޔަރުކަން ކުރައްވައިފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!