މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތް ހަދަން އެންގީ ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ކަމަށް ބުނާ ބުނުން ރޮޒައިނާ ދޮގުކުރައްވައިފި

މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު ހަދަން އެންގީ ސަފާރީ ރޭޕް ކޭސްގެ މައްސަލައާ ގުޅިގެން ކަމަށްބުނެ ބައެއް މީޑިއާތަކުން ކުރާ ތުހުމަތު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދޮގުކުރައްވައިފިއެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީންގެ މުގައްރަރު ރޮޒައިނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީޑިއާތަކަށް ފިޔަވަޅު އަޅާއި ގޮތަށް ގަވާއިދު ހަދަން އެންގީ އެ ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ނޫން ކަމަށެވެ. އެގޮތުން ވިދާޅުވީ، މީޑިއާތަކުން ކިތަންމެ ދޮގު ހެދިޔަސް މީޑިއާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތް ކަަމަށް އެތަނުން ބުނާ ކަމަށެވެ. އެކަމާއި ގުޅިގެން މެމްބަރު އަހުމަދު އުޝާމް ވަނީ ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު ހެދޭނެ ކަމަށް ވިދާޅުވެފައި ކަމަށް ރޮޒައިނާ ވިދާޅުވެ އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، އެކަމާއި ގުޅިގެން އެ ދުވަހު ކޮމެޓީގައި މީޑިއާ ކައުންސިލުން ބުނީ އެގޮތަށް ގަވާއިދު ބަދަލުކުރުމަށް ފަހު ކޮމެޓީއަށް ހިއްސާކުރާނެ ކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މީޑިއާގެ މިނިވަންކަމާއި، ކަނޑައެޅިގެން ދޮގުކަން އެނގިހުރެ ހަބަރު ފެތުރުމަކީ ދެ ކަމެއް ކަމަށާއި އެގޮތުން ދޮގު ހަބަރު ފެތުރުމަކީ މީޑިއާގެ މިނިވަންކަން ނޫން ކަމަށެވެ. އެހެންކަމުން، އެކަން ކުރުމުން ފިޔަވަޅު އަޅަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ، ކޮމެޓީގައި ދޮގު ހަބަރު ފަތުރާ މީޑިއާތަަކަށް ފިޔަވަޅު އަޅާ ވާހަކަ، ކޮވިޑް-19 އާ ގުޅިގެން ދޮގު ވާހަކަ ލިޔުމުން ވެސް ދެއްކި ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!